Saturday, March 8, 2008

މަނަދޫގައި ޤައުމީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު މާދަމާ ހެދުނު ފެށޭނެ

ޤައުމީ ދުވަސް އަޕްޑޭޓް: އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ޚާއްޞަ ރަސްމިއްޔާތު މާދަމާ ހެނދުނު މަނަދޫގައި ފެށޭނެއެވެ. ރަސްމިއްޔާތު ފެށޭނީ މާދަމާ ހެނދުނު އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު ފެށޭނީ ހެނދުނު 5:50 ގައެވެ. އަތޮޅުތެރެއިން ވަޑައިގަންނަވާ އިއްޒަތްތެރިން ވަޑައިގަތުން ހަމަޖެހިފައިވަނީ ހެނދުނު 8:00 ގައެވެ. ދުވަހާ ގުޅިގެން ބާއްވާ ޚާއްޞަ ޖަލްސާ އޮންނާނީ ހެނދުނު 9:00 ގައި ނ. އަތޮޅު މަދަރުސާގެ ޖަލްސާ ކުރާ މާލަމުގައެވެ. ޤައުމީ ދުވަހުގެ ކުޅިވަރުތަކުގެ ތެރޭގައި ތަފާތުގިނަ ކުޅިވަރު މުބާރާތްތައް އިންތިޒާމް ކުރެވިފައިވެއެވެ. ގައުމީ ދުވަހާގުޅިގެން ބާއްވާ ރަސްމީ ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތަކާ ގުޅޭ ޚަބަރާއި ފޮޓޯ އެމްއެލް އިން ގެނެސްދެމުން ދާނަމެވެ. ފޮޓޯ ފޮނުވަން ބޭނުންވާ ފަރާތްތަކުން އަޅުގަނޑުމެންގެ އީމޭލް އެޑްރެހަށް ފޮޓޯ ފޮނުއްވުމުން އެދެމެވެ

No comments: