Saturday, March 29, 2008

މަގޭ ރިޕޯޓް: މައިސޫރުގައި މަނަދޫ ހަތަރު ޒުވާނަކު މަތީ ތަޢުލީމް ހާސިލުކުރަނީ


މައިސޫރުން: ޢަބްދުﷲ ސަޢީދު

އިންޑިއާގެ ބެންގަލޫރުން 145 ކިލޯ މީޓަރ ދުރުގައި އޮންނަ މައިސޫރުގައި މަނަދޫ ހަތަރު ޒުވާނަކު މަތީ ތަޢުލީމް ހާސިލުކުރަމުން އެބަދެއެވެ. އެއީ މަނަދޫ ފަރިމާގޭ ޢަބްދުﷲ ރަޝީދާއި މަނަދޫ ރިވެލި އަޙްމަދު ޝުޖާޢު އާއި މަނަދޫ މުއިވިލް މަޖްދުﷲ މުޙައްމަދު ސަލީމް އަދި މަނަދޫ އަނބުގަސްދޮށުގޭ އަޙްމަދު ޝަރީފެވެ.

ޢަބްދުﷲ ރަޝީދު ކިޔަވަނީ އޯޕަން ޔުނިވަރސިޓީ ގައާއި އެޕްޓެކް ގައެވެ. ޢަބްދުﷲ ބެޗްލާސް ޑިގްރީ ހާސިލުކުރަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. އަޙްމަދު ޝުޖާޢު ކިޔަވަނީ ޔުނިވަރސިޓީ އޮފް މައިސޫރުގެ އެސް.ޓީ ފިލޯމިނާސް ކޮލެޖްގައެވެ. އަޙްމަދު ބެޗްލާސް އޮފް ޑިގްރީ ހާސިލުކުރަނީ އާރޓްސްގެ ރޮގުންނެވެ. މަޖްދުﷲ މުޙައްމަދު ސަލީމް ވެސް ކިޔަވަނީ ޔުނިވަރސިޓީ އޮފް މައިސޫރުގެ އެސް.ޓީ ފިލޯމިނާސް ކޮލެޖްގައެވެ. މަޖްދުﷲ ބެޗްލާސް ޑިގްރީ ހާސިލުކުރަނީ ސައިންސް ގެ ރޮގުންނެވެ. އަޙްމަދު ޝަރީފް ކިޔަވަމުން ދަނީ ޔުނިވަރސިޓީ އޮފް މައިސޫރުންނެވެ. އަޙްމަދު ހަދަނީ މާސްޓަރސް އިން ބިޒިނަސް އެޑްމިނިސްޓްރޭޝަނެވެ.

އިންޑިއާގެ ބެންގަލޫރުގައިވެސް މަނަދޫ ޒުވާނަކު ކިޔަވަމުން އެބަދެއެވެ. އެއީ މަނަދޫ ގަނދަކޯޅިމާގޭ އިސްމާޢީލް ނޫޙެވެ. އޭނާ ހަދަމުންދަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުން ޑިޕްލޮމާއެވެ.

މަނަދޫ ގިނަ ޒުވާނުންތަކެއް ރާއްޖެއިން ބޭރުގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމް ހާސިލުކުރަމުން ދިއުމަކީ މަނަދޫ ކޮންމެ މީހަކުވެސް ފަޚުރުވެރިވާނެ ކަމެކެވެ. އަދި އެއީ މުސްތަޤުބަލުގައި މަނަދުއަށާއި ޤައުމަށް އެކަމުގެ ފައިދާކުރާނެ ކަމެކެވެ. އަމިއްލަ ރަށާއި އާއިލާ ދޫކޮށް ބޭރު ޤައުމެއްގައި މި ކުދިން ކިޔަވަމުންދާއިރު އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ މި ކުދިންގެ މެދުގައި އޮތް އެކުވެރިކަމެވެ. ވަކިވަކިން ދިރިއުޅުނަސް މިކުދިން އުޅެމުންދަނީ އެއް އާއިލާއެއްގެ ގޮތުގައެވެ. މިކުދިންނަށް ތަޢުލީމީ ރޮނގުން އުޖާލާ މުސްތަޤުބަލަކަށް އެދެމެވެ.

މީގެ ކުރިންވެސް މައިސޫރުން މަނަދޫގެ ދެ ޒުވާނަކު މަތީ ތަޢުލީމް ހާސިލުކޮށްފައިވެއެވެ. އެއީ މަނަދޫ ވީނަސް އަޙްމަދު ނިޝާން އާއި މަނަދޫ ރިވެލި ޢަބްދުﷲ ޝުޖާޢު އެވެ. ނިޝާން ހާސިލުކުރީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮގުން ޑިޕްލޮމާއެކެވެ. ޢަބްދުﷲ ޝުޖާޢު ހާސިލުކުރީ އާރޓްސްގެ ރޮގުން ބެޗްލާރސް ޑިގްރީއެވެ.

3 comments:

Anonymous said...

Saabas Saabas manadhoo maisoori dharivarunah.. rangalaha kiyavaigen rashah hidhumatheh kodheefiyaa kithanmehaaves rangalhu, mihaaru maisoorakee manadhoo kudhinge city ekeyves bunevidhaane. maisooruga kiyevumuge dhoru thaaraf kohdhin Manadho Ruveli Abdhullah Sujau ah varah shukuruverivan... Molhah kiyevumuge emme foni natheejaa libunu Manadhooge emme mashooru dharivarakee Manadhoo saadhaa Villa Adam Shareef( Kaka) Bolun faiykolhu dhiyadhuvahu rashugai huri emme dhonkujaa aa inumuge sharaf libuneeves Adam ah rangalhah kiyevifahureema.

-MANADHOO HORSE-

Anonymous said...

އިންޑިޔާގެ މައިސޫރުން ކިޔެވުމުގެ ކަންތައްތައް މަނަދޫ ކުދިންނަށް ތަޢާރަފް ކޮށްދެއްވި މަނަދޫ ރިވެލި ޢަބްދުﷲ ސުޖާޢުއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި މިހާރު މައިސޫރުގައި މަތީ ތަޢުލީމް ހާޞިލް ކުރަމުންދާ 04 ކުދިންނަށާއި ބެންގަލޯރގައި ކިޔަވަމުންދާ ކުއްޖާއަށް ސާބަސްދެން. އަދިވެސް އުރުކުދިން މަތީ ތަޢިލީމް ހާޞިލްކުރަން ދާންވީ

Anonymous said...

އިންޑިޔާގެ މައިސޫރުން މަނަދު ރިވެލި އަބްދުﷲ ސުޖާއު މަތީތަޢުލިމް ހާސިލްކޮށް ނިމުނުއިރު ހަމައެގޭ އަހްމަދު ސުޖާއު މައިސޫރުގައި ކިޔަވަމުންދޭ. އަދި އެގޭ އަލީ އަނީސް މައިސޫރަށް ދިޔުމަށްޓަކައި އޭނާގެ އޮފީހުން ލީވްއެއް ނުލިބިގެން ނުދެވިފައި ހުރި ވާހަކަ އަޑުއެހިން.. އެންމެ ކުޑައިރުންސުރެ މަންމައަކާއި ނުލާ ތިޔަކުދިން ތިޔަ ކުރި ހިތްވަރަށް ސާބަސް. ތިޔަކުދިންގެ ޒަވާޖީ ހަޔާތުގެ ބައިވެރިންނަކީ ހަމަގައިމުވެސް ވަރަށް ނަސީބުވެރި ބަޔަކަށްވާނެ. އަންލަކީ ގާރލް.