Thursday, March 20, 2008

ހެނބަދޫ އަންހެން ކުއްޖާ މަރާލި އަޙުމަދު އަބްދުއްސައްތާރު މާލެ ފޮނުވާލައިފި

ނ. އަތޮޅު ހެނބަދޫ ފުސްފަރު ޢުމުރުން 17 އަހަރުގެ ނަދީމާ އިސްމާޢީލްގެ ގާތިލް ހެނބަދޫ ހީނާމާގެ ޢުމުރުން 24 އަހަރުގެ އަޙުމަދު އަބްދުއްސައްތާރު މަނަދޫ ޕޮލިސް ސްޓޭޝަންގައި ބެހެއްޓުމަށްފަހު މައްސަލަ ތަޙްޤީޤް ކުރެއްވުމަށްޓަކައި މިއަދު 11:00 ގައި މަނަދޫއިން ފުރުވާލައިފިކަމަށް ޚަބަރު ލިބިއްޖެއެވެ. އިތުބާރު ހުރި ފަރާތަކުން ބުލޮގަށް މަޢުލޫމާތު ދެއްވި ގޮތުގައި އަހުމަދު އަބްދުއްސައްތާރު މާލެ ގެންދެވެނީ މައްސަލަ ތަޙްޤީޤް ކުރެއްވުމަށް މަނަދޫއަށް ދުރުވި ފުލުހުންގެ ޚާއްޞަ ޓިމެއްގެ ބެއްލެވުމުގެ ދަށުން ހަނިމާދޫ މގުންނެވެ. މިހާދިސާގައި ނަދީމާ އިސްމާއީލްގެ ބަނޑަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ވަރަށްބޮޑު ބައެއް ކަފައިގެންގޮސް ގެއްލުން ވެފައިވެއެވެ. އަދި އޭނާ މަރުވެފައިވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ފަރުވާދެމުން ދަނިކޮށް އެރޭ 10:54 ހާއިރުއެވެ

No comments: