Thursday, March 6, 2008

މަނަދޫ ބޯޓް މިރޭ މާލެއިން ފުރާނެ


މަނަދޫ ބޯޓް މިރޭ (06 މާރޗް 2008 ވާ ބުރާސްފަތި ދުވަހުގެރޭ ) 10:00 ގައި މާލެއިން ފުރާނެ ކަމުގައި މަނަދޫ ބޯޓްގެ ވެރިޔާ އަމްޖަދް އަލީ މި ބްލޮގަށްވަނީ ޚަބަރު ދެއްވާފައެވެ. ބޯޓް ފުރުމަށް ވަގުތު ކުޑަތަންވަމުންދާތީ ބޯޓްގެ ފަޅުވެރިން ވަރަށް އަވަދިނެތި ބޯޓް ލޯޑްކުރުމުގެ މަސައްކަތްތުގައި އުޅޭކަން ފާހަގަކުރެވެއެވެ. މިދަތުރުގައި މުދަލަކަށް ހުރީ މައިގަނޑު ގޮތެއްގައި ހިންނަވަރު މުދަލެވެ. މީގެއިތުރުން މަނަދޫ އާއި ނައިފަރު އަދި ޅ. އަތޮޅު ރިޒޯޓެއްކަމަށްވާ ކަނިފުށީ މުދާ ކޮންމެވެސް ވަރަކަށް ހުރިކަމަށް އަމްޖަދު ބުނުއްވައެވެ. މަނަދޫ ބޯޓް މިފަހަރު މަނަދޫއަށް މިދަނީ މާލެއަތޮޅު ގުޅިއަށް ބޯޓް އެހެލައިގެން ހަފްތާއެއްހާ ދުވަސް ގުޅީގައި ވުމަށްފަހުއެވެ

No comments: