Sunday, March 16, 2008

ޖަމުޢިއްޔަތުއްސަލަފް އިން އިންތިޒާމުކުރި ޖަލްސާއެއްގައި މަނަދޫ އައްޝައިޚް ޢަލީޒާހިރު ދީނީ ތަޤުރީރެއް ދެއްވައިފި

ޖަމުޢިއްޔަތުއްސަލަފް އިން ދަރުބާރުގޭގައި އިންތިޒާމުކުރި ވަރަށް ބޮޑު ދީނީ ދަރުސެއްގައި މަނަދޫ މާލްރޯޑް އައްޝައިޚް ޢަލީ ޒާހިރު މިރޭ ތަޤުރީރު ކުރައްވައިފިއެވެ. " އިސްލާމް ދީނާމެދު ބައެއް މީހުން ގެންގުޅޭ ނުބައި ތަސައްވުރު " މި މަޢުލޫއަށް އައްޝައިޚް ޢަލީ ޒާހިރު ކުރެއްވި ތަޤުރީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ. ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި އޮތް މި ތަޤުރީރު އަޑުއެހުމަށް ދިޔަ މީހުން އެ މާލަން ފުރިގެން ބޭރުގައިވެސް ތިއްބެވެ. އަދި ކެޕިޓަލް ރޭޑިޔޯ އިން ވަގުތުން ދުރަށް ފޮނުވިއެވެ. އަދި ޖަމުޢިއްޔަތުއްސަލަފުގެ ވެބްސައިޓުން މި ތަޤުރީރު ވަގުތުން ވީޑިއޯ ކާސްޓް ކުރިއެވެ

އައްޝައިޚް ޢަލީ ޒާހިރުގެ ވާހަކަފުޅުގައި އިސްލާމްދީނާމެދު އިސްލާމްދީނުގެ ދުޝްމިނުން ދައްކާ ދޮގު ވާހަކަތަކަށް ދީނީ ގޮތުންނާއި ދުނިޔެވީގޮތުން ރައްދު ދެއްވިއެވެ. އަދި ދީނުގެ އަދާވާތްތެރިން އިސްލާމްދީނުގެ ނަން ޚަރާބު ކުރުމަށް ދައްކާ ވާހަކަތަކުގެ ހަގީގަތް ސާފުކޮށްދެއްވިއެވެ. އައްޝައިޚް ޢަލީ ޒާހިރަކީ މެލޭޝިޔާގައި އިސްލާމިކް ސްޑަޑީޒުން މާސްޓާސް އަށް ކިޔަވާވިދާޅުވާ މަނަދޫއަށް އުފަން ބޭފުޅެކެވެ. އޭނާ ވަނީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން އިސްލާމިކް ސްޓަޑީޒުން ބެޗްލާސް ޑިގްރީ ހޯއްދަވާފައެވެ. މިފަދަ ބޭފުޅުންގެ ސަބަބުން މަނަދޫގެ އަގު އުފުލި މުޅި ރާއްޖޭގައިވެސް މަނަދޫގެ ނަން އުފުލިގެންދާ ކަމަށްޓަކައި މަނަދޫ ރައްޔިތުން އުފާކުރެއެވެ

No comments: