Thursday, March 13, 2008

ޖަސްޓިސް މިނިސްޓަރުގެ ނައިބު އަޙުމަދު މުޙައްމަދު މަނަދޫއަށް ވަޑައިގެންފި


ޖަސްޓިސް މިނިސްޓަރުގެ ނައިބު އަދި ރައްޔިތުންގެ މަޖިލިހުގެ ޅ. އަތޮޅު މެމްބަރު އަލްއުސްތާޒު އަހުމަދު މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު މަނަދޫއަށް ވަޑައިގެންފިއެވެ. ޖަސްޓިސް މިނިސްޓަރުގެ ނާއިބުގެ މި ދަތުރުފުޅަކީ ނ. އަތޮޅަށާއި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ވަޑައިގަންނަވާނެއެވެ. މިނިސްޓަރުގެ ނައިބު މަނަދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ނ. އަތޮޅުވެރިޔާ ޢަބްދުﷲ ޚަލީލް އާއި އަތޮޅު އޮފީހުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން މަނަދޫގައި ހުންނަ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނެވެ

No comments: