Sunday, March 23, 2008

މަގޭ ރިޕޯޓް: މަނަދޫއާއި މެހެމާންދާރީ އަދި ސާފުތާހިރުކަން ހިފެހެއްޓުން

ލިޔުނީ- ސަމް



މަގޭމެން އެންމެން ފަޚުރެއްކަމަށްވާ މަނަދޫއަކީ ސާފުތާހިރު ރައްޔިތެއް ދިރި އުޅެމުން އަންނަ ރަށެއްކަމާއިމެދަކު ޝައްކެއްނުކުރަމެވެ. ގަދީމީ ޒަމާނުން ފެށިގެންވެސް މިކަން އައީ މިބީދައިން ހިނގަމުންކަން މަގޭ ނޫނަސް މަނަދޫއަށް ހެޔޮއެދޭ ރައްޔިތަކު ވިއްޔާ ދެބަސް ނުވާނެކަން މުޖައްރިބެވެ. މަގޭ ރަށް މަނަދޫގައި ކަނޑިކި ބުރިއާއި ފިއްތި ލައިގެން އަންހެން މަންޖެމެން ހަޑިމިލޭރުކޮށް ދަތް ނޫގުޅާ އުޅޭތަނެއް މަގެއްގެ މަތިންވެސް ނުފެންނާނެއެވެ. ރަށަށް އަރާ ބީރައްޓެހިން ގެއަށް ގެންގޮސްފައި ދިއްކޮށްލެވޭ ޖޫސްތަށި އެކަކު ބޮއި ނިމުމުން ނުދޮވެ އެތަށީގައި ދެވަނަ މީހަކަށް ޖޫސްދީއެއް ނަހަދާނެއެވެ. އަތޮޅުގެ ބައެއް އެހެނިހެން ރަށްތަކުގައި މިއާދަ އަދިވެސް އަށަގެންފައިވާކަމަށް މަގޭ ރައްޓެހިން މަގޭ ގާތު މިހާރުވެސް ބުނެއުޅެއެވެ. އެކަމަކު މަގޭމެންގެ ރަށުގައި ޔޯލަޔަކަށްވެސް މިކަހަލަ ކަމެއް ހިގިކަމެއް އަޑެއްނާހަމެވެ

ވަރަށް ރަގަޅެވެ. ގަދައަޅަންވީ މަގޭމެންގެ ރަށުގައި ރަނގަޅު އާދަތައް ހަރުލެއްވުމަށެވެ. ގެންގުޅެމުން އައި ސާފުތާހިރު ދިރިއުޅުން ދިރުވާ އާލާ ކުރެވޭތޯއެވެ. އެނދުން ފުންމާލާ ގޮތަށް ދަރިމަންޖެ ނުވަތަ ދަރި ސޮރު ދަތް ނޫގުޅާ މޫނު ނުދޮވެ ގޮރު ސޯޓާއެކު މަގުމައްޗަށް ނުކުންނަން ދޫކޮށްލާފިނަމަ ލިބިފައި އޮތް ރިތި ނަމާއި ލަގަބް މަގޭމެން އަތުން ބީވެގެން ހިނގައިދާނެއެވެ. މިޒަމާނަކީ ހެނދުނު ކައްދަޅައިގައި ގޮރު ލޯގަނޑު އުކާލަން ބޯށިވަލާ ދިމާލަށް ނުވަތަ ރުއްމަގާ ދިމާލަށް ދަރިންފަތި އިގިލިކުރި ލައިގެން ދުވި ދުވަސްވަރެއް ނޫންކަމުން އެތަކުލީފުވެސް އުފަލަން ޖެހެނީކީއެއްނޫނެވެ

މަސައްކަތްތެރި ބަފައިން މަސައްކަތް ނިމުމުން ރީތިކޮށް ފެންވަރާ ސެންޓް ޖަހާ ސެންޓް ނުޖަހަންޏާ އަތަރު ޖަހައިގެންވެސް ތިބެންވާނީ އެމީހަކަށް ވީވަރަކުން ސާފުތާހިރުކޮންނެވެ. މުންޑު އަނަސް ފަޓުލޫނު ލިޔަސް ހަރުވާޅު އަނަސް ބޭރަށް ނުކުންނަންޏާ ބޮލަށް އެއްޗެއް މަހާލަން ޖެހޭނެއެވެ. އާންމު ދިރިއުޅުމުގައި ކާންފެށުމުގެ ކުރިން އަތް ދޮވުމާއި ފަޚާނާކޮށް އަވަދިވެގެން ރަގަޅަށް ތާހިރުވުމުގެ އާދަ ހިފަހަށްޓަން ޖެހޭނެއެވެ. ދަރިންނަށް މިއާދަ ދަސްވާނީ މަގޭ މިބުނިގޮތަށް ހަދަން އުޅެގެންނެވެ. މަގޭމެން ރަށަކީ ސާފުތޯހިރު ރަށަކަށް ހެދުމަށް އެންމެން ގަދައަޅާ މަސައްކަތް ކުރަނިކޮށް ގޮވާލައިފައި މެޑައްޔެއްވެސް ދީފާނެނޫންހެއްޔެވެ

1 comment:

Anonymous said...

ސާފު ތާހިރުކަމާއި މެދު ލިޔުންތެރިޔާގެ މައުލޫ ކުރިޔަށް ގެންދިޔައިރު ލިޔުންތެރިޔާގެ ލިޔުންވެސް ސާފް ތާހިރެއް ނުވިއެވެ. މި ލިޔުމުންވެސް މަނަދުއަށް ތި ލިބުނީ ހަޑި ނަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. ...ހޮޅުދޫ ރާޝިދު ކަތީބު....