Saturday, March 15, 2008

ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމްގެ މެނޭޖަރަކަށް މަނަދޫ އަހުމަދު މުޙަންމަދު ( ދޮނާ) ހަމަޖައްސަވައިފި


މި ހިގާ މާޗްމަހުގެ 26 ގައި މެލޭޝިޔާ ގައި ފެށޭ އޭޝިއަން ފުޓްސަލް ޗެމްޕިއަން ޝިޕްގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމްގެ މެނޭޖަރުކަމަށް މަނަދޫ ސޯސަންގޭ އަލްފާޟިލް އަހުމަދު މުޙަންމަދު ( ދޮނާ ) އެފްއޭއެމް އިން ހަމަޖައްސަވައިފިއެވެ. ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުލަބެއް ކަމަށްވާ ވެލެންސިއާ އުފެއްދުމުގަޔާއި އަދި މިހާތަނަށް ވެލެންސިޔާ ހޯދާފައިވާ ހުރިހާ ކާމިޔާބީއެއްގައި ހިއްސާވާ އަހުމަދު މުޙަންމަދަކީ ރާއްޖޭގައި ފުޓްސަލް ކުޅެވެން ފެށުނިއްސުރެވެސް އެ ކުޅިވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ބޭކަލެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާސްކެޓްގެ ދިވެހި ޤަވާޢިދު އެކުލަވާލި ކޮމެޓީގައިވެސް މަސައްކަތް ކުރައްވާފައިވާ އަހުމަދު މުހަންމަދަކީ މަނަދޫ ފުޓްބޯޅައަށްވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަހުމަދު މުޙަންމަދު ( ދޮނާ ) އަކީ ސަރުކާރުން ދެއްވާ ޤައުމީ ޚިދުމަތުގެ އިނާމު ކުޅިވަރުގެ ރޮނގުން ހޯއްދަވާފައިވާ ބޭކަލެކެވެ. ދޮނާ ފިޔަވާ މި ފަޚުރުވެރި އިނާމު މަނަދޫ ދަރިއަކަށް ލިބުނުމަކެއް އެގިފައެއްނެތެވެ

މިމަހުގެ 26 ގައި ދިވެހި ފުޓްސަލް ޓީމް ފުރަތަމަ ބައްދަލުކުރާނީ ޗައިނީސް ޓައިޕޭގެ ޓީމާއެވެ. ޓައިޕޭ ގެ އިތުރުން މެލޭޝިއާ އާއި އަދި ވިއެޓްނާމާވެސް ރާއްޖެ ބައްދަލުކުރާނެއެވެ.

No comments: