Monday, March 17, 2008

މަނަދޫގެ މަސްވެރިކަން ދަށްވުމަށްފަހު މިއަދު ކުޑަކޮށް ރަނގަޅު




މަނަދޫގެ މަސްވެރިކަން ދަށަށް ގޮސް ދުވަސްތަކެއް އޮތުމަށްފަހު މިއަދު މަސްވެރިކަން ކޮންމެވެސް ވަރަކަށް ރަނގަޅުކަމުގައި މަނަދޫގެ މަސްވެރިއަކު ބުނެފިއެވެ. ނަންނުޖެހުމަށް އެދި މަސްވެރިޔާ ބުނުއްވިގޮތުގައި މިދިޔަ ހަފްތާ އެއްކޮށް މިދިޔައީ މަސްވެރިކަން ހަމަ އެއްގޮތަކަށްވެސް ނެތިއެވެ. އެހެންނަމަވެސް އިރާދަކުރެއްވީތީ މިއަދު ތަންކޮޅެއް ރަނގަޅު ކަމަށެވެ. މަސްވެރިކަން މިހާބޮޑަށް ދަށްވެގެން މިއުޅެނީ ކޮންކަމަކާއި ގުޅިގެންތޯ އެމްއެލް އިން ސުވާލުކޮށްލުމުން މަސްވެރިޔާ ބުނުއްވީ ކަނޑަވަޅީގައި (ކަނޑު އޮޅި) ގައި މަސްތިލަވާ ކަމަށާއި މަސްނުބޭނޭ ސަބަބު ބުނަންނޭންގޭ ކަމަށެވެ.

މިއަދު މެންދުރެއް ހާއިރު މަސްކޮޅެއް ލިބޭތޯ ގިނަބަޔަކު ރުންމަގާއި ވަށްގޭގައި މަސްވެރިންނަށް އިންތިޒާރު ކުރަމުން އައިސްފައިވާތަން ފެނިފައި ވެއެވެ. އެވަގުތު މަސްވެރިންގެ އިންތިޒާރީގައި ރުންމަގުގައި އިންނެވި ރަޝީދު ބުނުއްވީ '' ލައިގެންކާ އެއްޗެއް ހޯދަލަންވެގެން މިއިނީ. މަސްވެރިކަން ވަރަށް ދަށް. އޭނާ ބުނުއްވިއެވެ.

ކޮންމެއަކަސް މިދުވަސްކޮޅު ރަށަށް މަސްބޭނުން ދަށްވެފައިވުމާއެކު ފަރުމަހުގެ މަސްވެރިކަން ކޮންމެވެސް ވަރަކަށް ދަނީ ކުރަމުންނެވެ. މަސްވެރިކަން ދަށަށް ދިއުމާއިގުޅިގެން މަނދޫގެ ހޮޓާ ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް ދަތިތަކާއި ދިމާވަމުންދާ ކަމަށް އެފަރާތްތަކުން ހާމަކުރައްވައެވެ. މިދުވަސްކޮޅު މަސްވެރިކަން މުޅިރާއްޖެއަށްވެސް ދަށްކަމުގައި ފާހަގަކުރެވެއެވެ

1 comment:

Anonymous said...

މަނަދޫ މީހުން މަހަށް ނުގޮސްތިބެ މަސްވެރިކަން ދައްވަނީއޭ ކިޔާފަ،، މަހަށް ދާދުވަހަކު ފަސް ރާގޮނޑި ބޭނުނީމަ އެއީ މަސްވެރިކަން ރަނގަޅުވީކީ ނޫން. ~މާފަރު ފުއްޖަހާ