Sunday, March 23, 2008

ކުއްލި ޚަބަރު: މަނަދޫއަށް ދިރާގް ރޭންޖް ނުލިބުމުގެ މައްސަލަ ކުރިމަތި ވެއްޖެ



މިއަދު ހެނދުނުން ފެށިގެން ދިރާގް ރޭންޖް ނުލިބުމުގެ މައްސަލަ މަނަދޫއަށް ކުރިމަތި ވެއްޖެއެވެ. މިމައްސަލަ ކުރިމަތި ވުމާއި ގުޅިގެން މަނަދޫގައި ދިރާގްގެ ޚިދުމަތް ހޯއްދަވާ ގިނަފަރާތްތަކަކަށް އެކަމުގެ ދަތިތައް ދިމާވަމުންދާކަމުގައި މަނަދޫ މުރާސިލް ވިދާޅުވެއެވެ. ދިރާގުގެ ޚިދުމަތް މަނަދޫއިން ކެނޑުމާއެކު އެމްއެލްއިން މިކަމާއިގުޅިގެން ދިރާގަށް ގުޅާލުމުން ވިދާޅުވީ ނެޓްވޯރކަށް ބޮޑު މައްސަލައެއް ޖެހިގެން މަނަދޫއިން ރޭންޖް ކެނޑެން ދިމާވީ ކަމަށެވެ. އަދި މިކަން ހައްލުކުރެއްވުމުގެ މަސައްކަތް ކުރިއަށްދާކަމަށް ދިރާގުން ވިދާޅުވިއެވެ. މިއަދު މާލޭގެ ބޮޑު ބަޔަކުން ކުއްލިއަކަށް ކަރަންޓް ކެނޑުމުން ދިމާވި ގޮތެއްތޯ ދެންނެވުމުން ދިރާގުން ވިދާޅުވީ އެހެން ބުނަން ނޭންގޭ ކަމަށެވެ. މަނަދޫއަކީ ދިރާގް ކަސްޓަމަރުން ގިނަރަށެކެވެ

No comments: