Monday, March 17, 2008

މަގޭ ރިޕޯޓް: މަނަދޫގައި ފުޓްބޯޅަ ވަޅުޖެހުނަދީގެން ނުވާނެ

ލިޔުނީ: އަލިފު- ސީނު
ދިވެހިލީގުގެ ނޫނު އަތޮޅު ފުޓްބޯޅަ މުބާރާތް ދާދި އިހަށްދުވަހަކު ހޮޅުދޫގައި ވަނީ ނިމިގެންގޮސްފައެވެ. މިމުބާރާތުގައި ހޮޅުދޫ 2 ޓީމް ލަންދޫ 2 ޓީމް މިލަދޫ 1 ޓީމް އަދި މަގޫދޫ ޓީމެއް ބައިވެރިވިއެވެ. ވަރަށް ފޯރިގަދަކޮށް ނިމިގެންދިޔަ މިމުބާރާތް ބަލަން މަނަދޫގެ ވަރަށްގިނަ ޒުވާނުން ހޮޅުދޫއަށް ދަތުރުކުރިއެވެ. ހަމައެހެންމެ މަނަދޫގެ މަދު ޒުވާނުންކޮޅެއް ލަންދޫ ޓީމަކަށް ކުޅުނުކަންވެސް ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މިމުބާރާތުގައި މަނަދޫގެ އެއްވެސް ޓީމެއް ބައިވެރިއެއް ނުވެއެވެ. އަމިއްލަ ދަނޑުގައި އަމިއްލަ ރަށުގެ އަމިއްލަ ރަށުގެ ޓީމް ކުޅޭތަން ބަލާލުމުގެ ފުރުޞަތު މިފަހަރުވެސް މަނަދޫގެ ޒުވާނުން ނަގާލީއެވެ. ބަދަލުގައި ތެޔޮތަކެއް އަންދައިގެން މެޗް ބަލާލަން ހޮޅުދޫއަށް ދިޔައީއެވެ.


މަނަދޫއަކީވެސް ފުޓްބޯޅައިގައި ދެރަބައެކޭ ބުނެވޭކަށްނެތެވެ. އަތޮޅު މުބާރާތުގެ ތަށި މަނަދޫ ފަސްގަނޑުގައި އެއްފަހަރު ވަނީ ބަހައްޓާފައެވެ. އެހެންނަމަވެސް ގިނަފަހަރަށް މަނަދޫ ދަނޑުގައި ބީރައްޓެހި ޓީމްތައް ވަނީ މަނަދޫ މައްޗަށް ކާމިޔާބު ހޯދާފައެވެ. ދަންނަވަން މިއުޅެނީ މަނަދޫގައި ފުޓްބޯޅައިގެ ރޫހު ކުޑަވަމުންދާ ވާހަކައެވެ. ޒުވާނުން ފުޓްބޯޅަ ތަރައްޤީކޮށް ދިރުވުމަށް އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރާ ވާހަކައެވެ. ލަންދޫއަކީ އާބާދީގައި 1000 މީހުން ހަމަނުވާ ރަށެކެވެ. އެކަމަކު އެމީހުން 2 ޓީމް މިފަހަރު ނެރުނެވެ. އަތޮޅުގައި އާބާދީގެ ގޮތުން އެންމެ ފަހަތުގައި އުޅޭ މަގޫދޫއިންވެސް ޓީމް ނިކުތެވެ. ނަމަވެސް 1600 އަށްވުރެ ގިނަ މީހުން ދިރިއުޅޭ، 3 ޖަމުއިއްޔާ ހިންގަމުންދާ ވެރިރަށް މަނަދޫއިން ފާއިތުވި އަހަރުވެސް މިއަހަރުވެސް މުބާރާތުގައި ބައިވެރިއެއް ނުވެއެވެ. މިކަމުންވެސް ޒުވާނުންގެ ޝައުޤުވެރިކަން ވަރަށް ރަގަނޅަށް ދޭހަވެއެވެ.

ކޮންމެ އަހަރަކުވެސް އަތޮޅު މުބާރާތާއި ޒޯން މުބާރާތް ނިމުމުން، ދެން އަންނަ އަހަރު ބައިވެރިވާނެ ކަމަށްކިޔާ ޓީމްލިސްޓް ހަދާ، މިކަހަލަ ވަރަށް ގިނަ ސަކަރާތްތަކެއް މަނަދޫ ޒުވާނުން ޖަހައެވެ. ނަމަވެސް ފަހުވަޤުތު ދިމާވާ ''ޓެކްނިކަލް'' މައްސަލައެއްގެ ސަބަބުން މުބާރާތުގައި ބައިވެރިއެއް ނުވެއެވެ. އަނެއްކާވެސް ދެންއަންނަ އަހަރަކަށް ފަސްކޮށްލަނީއެވެ. މަނަދޫ ރައްޔިތުން ޖެހެނީ އިންތިޒާރުގައި ތިބޭށެވެ. މައްސަލައަކީ ކޮބައިތޯއެވެ. ސްޕޮންސަރ ހޯދުމަކީ މިއަދު އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ރަށުގައި 3 ޖަމުއިއްޔާ އެބައޮތެވެ. މޮޅެތި ކުޅުންތެރިން ބައިވަރު އެބަތިއްބެވެ. މަދުވަނީ ކޮން އެއްޗެއްތޯއެވެ؟ ބޭނުންވަނީ މިކަމަށް އިސްނަގާނެ ކެރޭ ހިތްވަރު ހުރި ޒުވާނުންކޮޅެކެވެ. އިސްނަގާ ޙަރަކާތްތެރި ވާންވީ މިފަދަ ކަންކަމުގައެވެ. ހިތްވަރުދީ އެހީތެރިވާންވީ ރަށަށް ފަޚުރުވެރި ނަންތައް ލިބޭ ފަދަ ކަންކަމަށެވެ. މަނަދޫގައި ވަޅުޖެހެމުންދާ ފުޓްބޯޅަ ދިރުވާ ކުރިއެރުވުމަށް ޒުވާނުންގެ ބައިވެރިވުމާ އެހީތެރިކަން ބޭނުންވެއެވެ. އޭރުން މަނަދޫގެ ފުޓްބޯޅަ ކުރިއަރައިގެން ދާނެއެވެ. އެދުވަހުން އަތޮޅު މުބާރާތުގެ ތައްޓާއި ޒޯން ޗެމްޕިއަންސް ލީގުގެ ތަށި މަނަދޫ ފަސްގަނޑުގައި ހުރުމަކީވެސް ވެދާނެކަމެކެވެ. އަހަރެމެންގެ އަޒުމަކީ މއީ ކަމުގައި ހަދަމާހެއްޔެވެ. '' އަހަރެންގެ އަޒުމާ އުއްމީދަކި ފުޓްބޯޅައިން މަނަދޫއަށް ފައިދާކޮށްދޭނަން

2 comments:

Anonymous said...

Manadhoo football mi haaru othee valulevifa, dhekolhu ga 2 gaa ves ebahuri, miharu naynge feevegen veyh yah nuvaa kamayh ves. vaguthu faa ithu veyh je mihaaru, Sorry.

Anonymous said...

no sorry mifaharu ves atholhu mubaaraatheh nukulhevunis manadhoo meehun nulaeh. thee eyo mennah heeva ehcheh hama