Tuesday, March 4, 2008

އަތޮޅުވެރިންގެ ކޮޓަރިކޮޅުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ނ. އަތޮޅުވެރިންގެ ކޮޓަރިކޮޅުގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.މި އަލިފާނުގެ ހާދިސާ ހިނގީ ކިހިނެތްވެގެން ކަމެއް އަދި ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް ޔަގީނެއްނޫނެވެ. މަންޒަރުދުށް މީހަކު މި ބްލޮގަށް ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގީ އަތޮޅުވެރިން މަނަދޫއަށް ވަޑައިގެންތާ މާގިނަ އިރެއް ނުވަނީހެވެ. އަލިފާނުގެ ހާދިސާ ހިނގުމާއެކު އަލިފާން ނިއްވާލެވިފައިވާ ކަމަށްވެސް އެމީހާ މަޢުލޫމާތު ދިނެވެ. މި ޚަބަރާ ގުޅޭ އިތުރު މަޢުލޫމާތު ލިބުނު ވަރަކުން ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ

No comments: