Monday, March 3, 2008

އަތޮޅު ކޮމެޓީގެ މެމްބަރުކަމަށް މަނަދޫ ގުލްއަލާގޭ ހަފީޒާ ޢަބްދުﷲ ހަމަޖައްސަވައިފި

ނ. އަތޮޅު ކޮމެޓީގެ މެންބަރުކަމަށް މަނަދޫ ގުލްއަލާގޭ އަލްފާޟިލާ ހަފީޒާ ޢަބްދުﷲ ހަމަޖައްސަވައި އޭނާއަށް އެކަން މިއަދު އަންގަވައިފިއެވެ. ހަފީޒާ ޢަބްދުﷲ އަށް އެކަން އެންގެވީ ނ. އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ އަލްފާޟިލް ޢަބްދުﷲ ޢަބްދުވާޙިދެވެ. ހަފީޒާ ޢަބްދުﷲ އަކީ ނ. އަތޮޅު މަދަރުސާގެ ޓީޗަރެކެވެ. އަތޮޅު ކޮމެޓީއަކީ އަތޮޅުގެ ރަށްރަށުގެ ވެރިން ހިމެނޭ ގޮތުން . އެކުލަވާ ލެވިފައިއޮންނަ ކޮމެޓީއެކެވެ. މި ކޮމެޓީގެ ރައީސަކީ އަތޮޅުވެރިޔާއެވެ. އަތޮޅު ކޮމެޓީގައި މިވަގުތު އަންހެން މެންބަރަކަށް ހުރީ ހަފީޒާ އެކަންޏެވެ

3 comments:

Anonymous said...

maruhabaa Hafy.(Shafeeu Moosa )

Anonymous said...

maruhaba kadhee dhaitha and dhullobe

Anonymous said...

Marukhabaa hafee,
Hafeezaa akee emme kudadhuvahun feshigen madharusee dhaurugaves kanthahthakugai isnagaa kujjeh, manadhooge varah nikamethi dhemafiriyehge dhariyakahviyas hiyvaraai azumaai dhedhuverikan huriyyaa kuriyah dhevidhaanekan.. hafee ah milibunu magaamunves dheyhavey... adhives Hafee ashaai aailaa ah varah marukhabaa kiyan..

-MANADHOO HORSE-