Sunday, March 2, 2008

ނ. އަތޮޅު މަދަރުސާގެ ޕީޓީއޭ ގެ ނައިބުރައީސްކަން ކުރައްވާނެ ބެލެނިވެރިއަކުނެތިފައި

ނ. އަތޮޅުމަދަރުސާގެ ޕޭރެންޓީޗަރ އެސޯސިއޭޝަންގެ ނައިބު ރައީސްކަން ކުރައްވާނެ ބެލެނިވެރިއަކު ނެތިގެން އަދިމިހާތަނަށް އެ މަގާމަށް ބެލެނިވެރިއަކު ހަމަ ނުޖެހޭ ކަމަށް މި ބްލޮގަށް ޚަބަރު ލިބިއްޖެއެވެ. އެ ސޯސިއޭޝަންގެ ނައިބު ރައީސަކަށް ފުރަތަމަ އިންތިޚާބު ކުރެވުނީ ކުރީ އަހަރުވެސް އެމަޤާމު ފުރުއްވި މަނަދޫ ޖައުޒާ އަލްފާޟިލް ޢަބްދުﷲ ޢަބްދުލްވާޙިދެވެ. މިއަހަރު އޭނާ އެކަމަށް އުޒުރުވެވަޑައިގަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން 6 ފަހަރެއްގެ މަތިން ޕީޓީއޭގެ ނައިބުރައީސްކަމަށް މީހަކު ހަމަޖެއްސޭތޯ މަސައްކަތްކޮށްފިއެވެ. ކޮންމެ މީހަކުވެސް އުޒުރުވެރިވަނީއެވެ. ޕީޓީއޭ ގެ ރައީސަކަށް ހުންނަވަނީ ކޮންމެ ސްކޫލެއްވެސް ހިންގެވުމާ ހަވާލުވެ ހުންނަވާ ވެރިއެކެވެ. ނައިބުރައީސަކީ ބެލެނިވެރިންގެ ތެރެއިން އިންތިޚާބު ކުރެވޭ އިސް މީހާއެވެ. ޕީޓީއޭގެ ނައިބުރައީސެއް ހަމަ ނުޖެހި ސްކޫލުގެ ކިޔެވުން ކުރިއަށް ދާކަމީ ހިތާމަ ހުރި ކަމެކެވެ. މިކަމަށް އަތޮޅު މަދަރުސާގެ ބެލެނިވެރިން ހައްލެއް ހޯދަން މަސައްކަތްކުރަން ވެއްޖެއެވެ. މިއީ ރަށަށްވެސް ލިބޭ ހުތުރެކެވެ

1 comment:

Anonymous said...

ޗަހެރަގެން ފެންނަނީ ބެލެނިވެރިންގެ ހާލަތެވެ. އަދި ދަރިވަރުން ކިހާވަރެއް ވާނެބާއޭ މަ ހިތައް އަރާ. ~~ކަތްދަ މޫސާ