Tuesday, April 1, 2008

ރިޕޯޓް: އީސާ މޫސާގެ ހީވާގި މަސައްކަތަށް ތަޢުރީފު ޙައްޤު





މަނަދޫގައި ހިގަމުންދާ މަޝްރޫޢުތައް ގިނަކަމުން ކޮންޓްރެކްޓް މަސައްކަތްކުރާ މަނަދޫގެ ގުރޫޕްތައް ވަނީ ވަރަށް ބޮޑަށް ބިޒީ ވެފައެވެ. އާއްމު ރައްޔިތުންގެ އެތައްބަޔަކު ކޮންޓްރެކްޓް މަސައްކަތްކުރާ ގްރޫޕްތަކަށް މަސައްކަތް ކޮށްދިނުމަށް ދަނީ އާދޭސް ކުރަމުންނެވެ. ނަމަވެސް ގުރޫޕްތަކުން ކުރަމުންދާ މަސައްކަތްތައް ގިނަކަމުން ވަނީ ސަލާމަތް ނުވެވިފައެވެ. އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރު ޢިމާރާތްކޮށްދޭނެ ފަރާތެއް ނެތުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ކުރިން މަސައްކަތްކުރާ ގުރޫޕެއްގެ ލިޑަރ އަދި މިހާރު ސަރުކާރުގެ ވަޒީފާ ވަރަށް ބުރަކޮށް މަނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވަމުން އަންނަ މަނަދޫ ރީތިގަސްދޮށުގޭ ޢީސާ މޫސާ ވަނީ ވަރަށް ޚާއްޞަ މަސައްކަތެއް ފައްޓަވާފައެވެ. އެގޮތުން ރަށުންބޭރު ގްރޫޕްތައް ޢީސާ މޫސާ ގެ ލިޑަރ ކަމުގައި މަނަދޫއަށް ގެންނަވައި މަނަދޫގައި ނުކުރެވިހުރި ކޮންޓްރެކްޓް މަސައްކަތްތައް ދަނީ ކުރައްވަމުންނެވެ. އެގޮތުން ބައެއް ގޭގެ ހެދުމާއި ނަރުދަމާ ނިޒާމުގެ ޖަންގްޝަން ބެހެއްޓުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުންވެސް ސީދާ ޢީސާ މޫސާގެ ބެއްލެވުމުގެ ދަށުން ނަރުދަމާގެ ޑްރެއިން ބެޑް ހެދުމާއި، ޖަންގްޝަން އެޅުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. އީސާ މޫސާ އަކީ ސަރުކާރުގައި ބުރަކޮށް މަސައްކަތް ކުރައްވަން ޖެހުނުކަމުގައި ވިޔަސް ފޫހިފުޅުކަމެއް ނެތި ، އެމަސައްކަތުގައި ވަރަށް އަވަދިނެތި އުޅުއްވާ ކޮންޓްރެކްޓް މަސައްކަތް ކުރުމުގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. މީގެ އިތުރުން މަނަދޫގެ ފުޓްބޯޅައަށް ވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވަމުން އަންނަ އަދި މިހާރުވެސް ކުރައްވަމުން އަންނަ ބޭފުޅެކެވެ

5 comments:

Anonymous said...

ސަބޭ ތިޔަކުރާ މަސައްކަތައް އައްސަރިބަހާ ސަބަސް، ކަރިންބެ ޢަލީގެ ހޮޓާ ހިންގުމަށް ތިޔަ ކަންތައް ނުވެއްޖެއްޔާ ކިތައްމެހާވެސް ރަނގަޅު. ~ޤަފޫރުބޭ

hehehe said...

www.manadhoohotnews.blogspot.com

hurihaa manadhoo kudin miya vadelacehy vara majaa ehche

Anonymous said...

ސަބޭ ކޮންވައްތަރު ތިބެނީ، އަބަދު މަސައްކަތް ޖެހެނީ، ބަރާބަރު ކާން ނުލިބެނީ، ބަރާބަރު އަންހެންކުދިން ނުލިބެނީ، ކޮންވައްތަރު ހުންނަނީ،، .. ގަފޫރު މިއާ

Anonymous said...

ހިތްވަރާއެކު މަސައްކަތްކުރާ ފަރާތްތައް ތިޔަގޮތަށް ފާހަގަކުރުމަކީ އެމީހުންނަށް ވަރަށް ހިތްވަރު ލިބޭނެ ކަމެއްކަމަށް ދެކެމެވެ. މިފަދަ މީހުންގެ މަސައްކަތަށް ސާބަސްދެމެވެ. ރަށުގެ ތަރައްޤީއަށް މިފަދަ މީހުންނަކީ ވަރަށް މުހިންމު ބައެކެވެ. ޢީސާ މޫސާގެ ހިތްވަރަށް ފަށްފަށުން ސާބަހާއި، އައްސަރިބަސް ދަންނަވަމެވެ. ތިޔަގޮތުގައި ކުރިޔަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުމެން މިތިބީ ފަހަތްޕުޅުގައެވެ. -ޤައުމީ_

Anonymous said...

www.manadhoohotnews.blogspot.com

hurihaa manadhoo kudin miya vadelacehy vara majaa ehche

plxxxxxxxxxxxxxxxxxxxxx