Monday, April 7, 2008

ރާއްޖޭގެ އުތުރުގެ ދެ އަތޮޅެއްގެ ޕޮލިސް ސްޓޭޝަން ހިންގުން މަނަދޫ ދެޒުވާނަކާއި ޙަވާލުކުރެވިއްޖެ



ރާއްޖޭގެ އުތުރު 2 އަތޮޅެއްގައި ހުރި މޯލްޑިވްސް ޕޮލިސް ސާރވިސްގެ 2 ޕޮލިސް ސްޓޭޝަނެއް ވަޤުތީ ގޮތުން ހިންގެވުމާއި މަނަދޫގެ ޒުވާން ދެ ބޭފުޅަކާއި ޙަވާލުކުރެވިއްޖެ ކަމުގައި އެމްއެލްއަށް މަޢުލޫމާތު ލިބިއްޖެއެވެ. އެގޮތުން ރ. އަތޮޅު ޕޮލިސް ސްޓޭޝަން ހިންގެވުމާއި ޙަވާލުހުންނެވީ މަނަދޫ ލަވްސައިޑް ލާންސްކޯޕްރަލް މުޙައްމަދު ޝިފާޢު އެވެ. އަދިހަމަ އެހެންމެ ނ. އަތޮޅު ޕޮލިސް ސްޓޭޝަން ވަގުތީ ގޮތުން ހިންގެވުމާއި ޙަވާލުވެ ހުންނެވީ މަނަދޫ ފިތުރޯނުގެ ކޯޕްރަލް އަޙްމަދު އާތިފް އެވެ. ސަރުކާރުގެ ނުހަނު މަތީ މުއައްސާއެއްގެ އިދާރާއެއް ހިންގާ ބެލެހެއްޓުން މިއީ ހަލަބޮލި މިޒަމާނުގައި މަނަދޫގެ ދެ ޒުވާނުންނަށް ލިބިގެންދިޔަ މަތިވެރި ޝަރަފަކާއި ފަޚުރެއްކަމަށް އެމްއެލް ދެކެމެވެ. އަދި މިކަމަށްޓަކައި އޭގެ ދެ ޒުވާނުންނަށް މަރުޙަބާ ދަންނަވާ އިޚްލާސްތެރިކަމާއެކު ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމަކީ އެމްއެލް އެދޭ ވަރަށްބޮޑު އެދުމެއްވެސް މެއެވެ. މިކަމުން ދޭހަވެގެންދަނީ މަނަދޫގެ ލޮބުވެތި ދަރިން މިއަދު މިޤައުމަށް ޚިދުމަތްކުރުމުގައި ކުރީސަފުގައި ވަރަށް ސާބިތުކަމާއިއެކު ތިބިކަމެވެ

7 comments:

Anonymous said...

ަނަދޫ ލައިވް ބްލޮގް މިނެރެނީ ވަރަށް ބޯބުރާންތި ބައެއްކަން ފާހަގަކުރެވެއެވެ. އެންމެ ފަހުންވެސް ފުލުހުން ކޮންމެވެސް ކުޅިވަރުތަކެއް މަނަދޫ ގައި ކުޅުވާ ވާހަކަ ލިޔެފާ މިހާރުމިލިޔަނީ މާޒިންމާދާރު ބަޔަކަށް ވީވާހަކައެވެ. ލަދުން ފޯއްފަޅައިން ގެން ދާވަރުވެއެވެ.

Anonymous said...

ބޯ ބުރާންތީ މަނަދޫ ލައިވްގެ ހީވާގު ކުދިންހެނެއް ހިއެއްނުވޭ. އެމީހުންގެ ބްލޮގްގައި ތިޔަބުނާ ހެނެއް ލިޔެފައި އޮއްވައެއް ފެނުނު ލޮލެއް ނުހުންނާނެ. ވާނުވާ ނޭންގި ކޮމެންޓް ގެޅިޔަކަސް އަދި ކަމަކުނުދާނެ އިގޭ. ލަދުގަންނަން މިޖެހެނީ އެހެންމީހުން ކަލޯތޯ މަނަދޫ ލައިވްއަށް ވަންނަ މީހުންނަށް އެނގޭނެހެން ހީވަނީ. ވައިސަރީ ބޯބުރާންތިން އެނގިއްޖެއެއްނު. ދެން ޕޮއް

މޭކާބެ

Anonymous said...

Mee varah ufaaveri habareh, aharemen abadhuves edhenee, Manadhooge dharin sarukaarugayaa adhi ammila thanthanuge mathee magamthakugai manadhooge dharinthibun, hivaraaeku massakaiy kuraakudhinah kaamiyaabulibeyne, hamagaimuves shifau aai Athifge sababun rash fahuruverivey, haasakon Athif akee varah kamah kameyhithaa, ragalhu sulookehge veri zuvaane, manadhooge mifadha dharinah kaameyaabah edhen.
Mi blog gai thaakunthaakunujehey comment kuraa zuvaanuves ulheythan ebafeney, mikamaa varah hithaamakura. bunelan othee rashah libey reethinamakee efadha viyaanudhaameehunahves libeyfahurekey, aslu vaagothakee dhandhoru nufilaathee, hisaabahvure angaves gadhavanee dho?
-MANADHOO HORSE-

Anonymous said...

ufaaveri kamuge kolheh netheve...alhugadumen edheny rah dheke loabiva mana dhoo ge gina zuvaanun thakeh mifada mathy vazeefa thakun fenun...

Anonymous said...
This comment has been removed by a blog administrator.
Anonymous said...

ބޯބުރާންތިނަކީ ކޮބައިބާއެވެ.ކަންކަމާ ރުޅިއަސްގެންވާނެ އެއްވެސް މޮޅެއް ނޯންނާނެކަން އެއީ އެންމެންދަންނަ ހަގީގަތެކެވެ.ކޮންމެ އެއްޗެކޭ ކިޔަސް މިޙަބަރުގައި މިއޮތީ ނ.އަތޮޅު މަނަދުއަށް ނިސްބަތްވާ ދެމީހެއްގެ ވާހަކައެވެ.އަޅުގަނޑުމެން ފަހުރުވެރިވާ ނ.އަތޮޅު މަނަދުއަށް ނިސްބަތްވާ ދަރިން ރާއްޖޭގެ އެކި ފެންވަރުގެ މަގާމުތަކުގައި ތިބިކަން މިއަދު އަޅުގަނޑުމެން ފަހްރުވެރިވާނަމެވެ.ކޮންމެ ޕާޓިޔަކަސް މަނަދޫ ތޯރިގް ޙާއްސަ މަޖްލިސްގެ މެމްބަރަކަށް ހުއްނެވިކަމީ އަޅުގަނޑު ހަމަގައިމުވެސް ވަރަށް ފަޙުރުވެރިވާ ކަމެކެވެ. އިއްޒަތްތެރި މެމްބަރުގެ ފިކުރާއި ހިޔާލަކީ ދިވެހި ރައްޔަތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފިކްރު ކަމުގައިވިޔަސް އެމަނިކުފާނު އެއީ މަނަދޫއަށް ނިސްބަތްވާ މަނަދޫގެ ތާޒާ ލޭހިނގާ މަނަދޫގެ ދަރިއެކެވެ.ޕާޓީއަކަށް ސަރުކާރަކަށް ،އައުލާދުވަންހައަކަށް ނުބަލާ މި އަގުހުރި ދަރިން މަނަދޫގެ ނަން މިހާރު ބޮޑުއަކުރުން ފަވަމުންދާކަމީ އަޅުގަނޑުމެން ފަހުރުވެރިވާންވީ ކަމެކެވެ.ނ.މަނަދޫ ފިތްރޯނުގެ އަޙްމަދު އާތިފް ފުލުހުންގެ އިދާރާއެއްގެ އިންޗާރޖްގެ މަގާމުގައި އެތައްފަހަރަކު އެކި އަތޮޅުތަކުގައި މަސައްކަތް ކުރައްވާފައި ވެއެވެ.އަދި މަނަދޫއަށް ތަރައްގީގެ ކަންތައްތައް ފަހިކުރެއްވުމުގައި ވަރަށްބޮޑު އެހީތެރިކަމެއް އެބޭފުޅާ އަމިއްލައަށް ކުރެއްވިކަން މަނަދޫގެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ސީނިއާރ ބޭފޫޅުން ދަންނާނެއެވެ.ވީމާ އަޅޫގަނޑުމެންބަލަނަވީ ވައިޖެހޭ އަތަކަށް ރިޔާލައިގެން އަޅުގަނޑުމެންނަށް ވާނެ މޮޅަކަށް ލިބޭނެ ފަޙުރުވެރިކަމަށް މަސައްކަތް ކުރުމެވެ.ބްލޮގް ހަދާމީހުންގެ ބޯބުރާންތިވާހަކަ ދެއްކުމަކީ މީގެ ހައްލެއްނޫނެވެ.ހިތައްކެތްނުވަންޏާ ނ.މަނަދޫ އޮފީހުގައި އޮތް ތިބޭފުޅާގެ ރަޖިސްޓްރީ އުނިކުރައްވާ އެހެންތަނަކަށް ބަދަލުކުރައްވާށެވެ.ނުވަތަ މި ބްލޮގަށް ވަނުމުގެ ބަދަލުގައި ހިތްވަރެއް ހުރިއްޔާ ވެބްސައިޓެއް ހަދައިގެން ބޯބުރާންތިނުވާ ކަހަލަ ޒާތްޒާތުގެ ވާހަކަ ޝާއިރުކުރައްވާށެވެ.ނަމަވެސް ވިސްނާވަޑައިގެން ހުންވާތިއެވެ.ކޮމެންޓް ކުރާ މީހުން ތަފާތު ކޮމެންޓް ކުރާނެއެވެ.ހިތްފަޅައިގެން ނުދައްޗެވެ.------ މަޙްކަމަތު------

Anonymous said...

Mhakamath, thiya dhevirahdhu varahves furihama,thiyaee alhuganduves boaburaathi beyfulhayah dhenvan oiy rahdhu,varah bodah shukuriyaa, mifadha thaakun thaaku nujehey beyfulhun ulhuvaathee mulhi Manadhooves ladhuganey chee cheeee
-MANADHOO HORSE-