Thursday, April 3, 2008

މަގޭ ރިޕޯޓް: ނުމެ ކާނަމޭ ނުމެ ދާނަމޭ

ލިޔުނީ : އަލިފު - ސީނު



އަނެއްކާވެސް އެމް.އެލްގެ ކިޔުންތެރިންނަށް އަހުރެންގެ އައު ރިޕޯޓަކަށް މަރުޙަބާއެވެ. ނަމަވެސް މިފަހަރު ރިޕޯޓައިގެން ކުރިއަށް ދިޔުމުގެ ކުރިން އެމ.އެލްގެ ބައެއް ކިޔުންތެރިންނަށް އޮޅިފައިވާ އެއްޗެއް ސާފުކޮށްލަދޭނަމެވެ. އަހުރެންގެ ލިޔުންތަކުގައި ބޭނުންކޮށްފައިވާ އަލިފު ސީނު މި ދެ އަކުރުން ރަމްޒުކޮށްދެނީ ޢަބްދުﷲ ސަޢީދެއް ނޫނެވެ. އަދި އަހަންނަކީ ޢަބްދުﷲ ސަޢީދު ނޫންކަންވެސް މިފުރުޞަތުގައި ބުނެލަމެވެ.

ފާއިތުވި ގިނަ ރިޕޯޓްތަކަށް ކަޅި ހިންގާލާއިރު، އަހަންނަށް ފާހަގަކުރެވުނު އެއްކަމަކީ ގިނަ ލިޔުންތައް ކިޔަވާ ކުދިންނަށް އަމާޒުވެފައި ހުރުމެވެ. ޚުދު އަހަރެންގެ ބައެއް ލިޔުންތައްވެސް އަމާޒުވެފައި ހުރީ ހަމަ އެދާއިރާއަށެވެ. މިފަހަރުވެސް މި ގުޅުވާލަނީ މި މަޢުލޫއާއެވެ. ކިޔާވާ ކުދިންގެ އަޚްލާޤް ރަގަނޅު މިނެއްގައި ނުހިފެއްޓިގެން އުޅެނީ އެކުދިން ކުރާ ކުށްތަކަށް އެދެވޭ އަދަބު ނުދެވޭތީއޭ ގިނަބަޔަކު ބުނާ ބުނުމަށް އަހަރެން ތާއީދު ކުރަމެވެ. އަހަރުމެން ސްކޫލްގައި އުޅުނުއިރު، ސްކޫލް ކުދިން މަސްބާނަން ދިޔުން އޮންނަނީ މަނާކޮށްފައެވެ. ކުދިން ވާޓަރު މަތީގައި މަސްބާނަން ތިއްބާ އެއްކަންފަތުގައި ހިފައިގެން އަތުގައި އޮތް ދޮއްޓާއި އެއްމަސް ކޮތަޅާއި އެކީ ސްކޫލަށް ގެންދިޔަތަން އަހަރެމެން ދުށީމެވެ. އަނެއްދުވަހު ގަންނާކުރައްވާ ބިރުން ދޮށިއުކާލަން ވާޓަރު މައްޗަށް ދާނެ ކުއްޖަކު ނުވެއެވެ. ސްކޫލުން މަނާކޮށްފައި އޮތް ގަޑިއެއް ގައި ކުދިންތަކެއް ބޯޅަކުޅެން އުޅެނިކޮށް ފެނިގެން، އެތިބި ކިލާ ކަންމަތީގައި ކިލާ ބަބުރުތަކެއްހެން ތިއްބާ މަދަރުސާއަށް ގެންގޮސް އަހަރުމެން ކުރިމަތީގައި އެސެންބްލީ ހޯލްގައި ބޭއްތިއްބި ތަންވެސް ދެކުނީމެވެ. އޭރު މަނާގަޑީގައި އެއްވެސް ކުއްޖަކަށް ބޯޅައެއްގައި ފައިން ޖަހާލާންވެސް ނުކެރޭނެއެވެ.

އިޖުތިމާޢީ މަރުކަޒުގައި މާލޭ ޓީވީ ދެއްކިއިރު، އެންމެ ފޯރި ނަގައި އަހަރެމެން ބަލާއުޅުނީ ''މާފުކުރާށޭ'' ޑްރާމާއެވެ. އެއްރޭ ޑްރާމާ ބަލަން ގްރޫޕް ހަދާފައި ތިއްބާ ޓީޗަރުންގެ ފައުޖެއް އައިސް ލަދުގަންނަވާލައިފައި އަހަރުމެން ގެއަށް ފޮނުވާލީ ޑްރާމާގެ އެންމެ އަސަރު ގަދަ ހިސާބަށް ދިޔަތަނާއެވެ. އޭގެ ފަހުން މާލޭ ޓީވީ ބަލަން ރޭގަނޑު އެހިސާބަށް ވައިއެޅިލަންވެސް ނުކެރެއެވެ. ކާށި ދިނީމައި ޓީވީ ބަލަން ސިނަމާއަށް ވެއްދި ދުވަސްވަރުގެ ހިތި ތަޖުރިބާވެސް އަހަރުމެން ކުރީމެވެ. މަންމަމެން ވަލުން ގެނެސްފައި ހުންނަ ކާށިކޮޅު ވަގަށް ނަގައިގެން ނޫނީ ދުވާލުދާ ހަތަރު ދަމު ވަލުގައި ހިނގައިގެން އެއްކުރާ ކާށިކޮޅު ދީފައި ޓީވީ ބަލަން ވަދެ ތިއްބައި ކިތަން ރެޔަކު ޓީޗަރުން އައިސް ފަހާލިއެވެ. ފަހުން ފަހުން ސިނަމާއަށް ދިޔުންވެސް ބޮޑު ވޭނަކަށެވެ.

އަހަރުމެން ފަސްވަނަ ކްލާހުގައި އުޅުނުއިރު، އެއްރޭ މިސްކިތުގައި ސަކަރާތްޖަހަން އުޅެނިކޮށް ޓީޗަރަކަށް ފެނިގެން އަނެއް ދުވަހު ސްކޫލަށް ދިޔަތަނާ ރިޕޯޓް ނަގައި ބަޔާނެއްގައި ސޮއިކުރުވާ ހެދިއެވެ. އެދުވަހު ސްކޫލް މިދިގިލި ގަހުން ވެއްޓިފައި އިން ދޮން މަދެއް ކްލާހުގައި އިނދެގެން ކާލި ކަމަށްޓަކައި ދޮން މަދު ކާލައިގެން ކަރުބުޑުގައިލީ ފޮނިރަހައިގެ ދެގުނަ ހިތި ރަހަ ކަރުބުޑުގައި ލައްވާލިއެވެ. މިވާހަކަތައް މިހެން ދައްކާއިރުވެސް، މިއީ އިލޮށިފައްޗާއި އެއްތެޔޮ ބުރިޔާއި ދަގަނޑު ފަތިގަނޑުގެ ޒަމާން ނޫންކަން އެނގެއެވެ. މިހާރު ކުއްޖަކު ވާޓަރު މަތީގައި މަސްބާނަން ހުއްޓައި ފެނުނަސް އެކުއްޖާ ފޮނުވާލުމުގެ ބަދަލުގައި ކޮނޑުގައި ޖަހާލައިފައި ދޭނީ ހިތްވަރާއި ސާބަހެވެ. ބުނަން މިއުޅޭ ވާހަކައަކީ އަނދަ ގޮނޑި ޖަހައިގެން ފޫކޮޅުން ހަންނަގައިގެން އަވީގައި ޑެސްކް ބޮލަށް އަރުވާފައި ބައިތިއްބައިގެން އުޅުނުއިރު، ކުދިން މާތައްކަތު ވާހަކައެވެ. މިހާރު ކުއްޖާއަށް ދެވޭ ދޭއް ނޫނީ ތިން ދުވަހުގެ ސަސްންޕެންޝަން ވެފައި އޮންނަނީ ކުއްޖާއަށް ލިބޭ ''އޮފް'' ޑޭއަކަށެވެ. ކްލާސްތަކަށް ބަރާބަރަށް ޙާޒިރުވެ އެކަމަކު އެއްޗެއް ނުކިޔަވާ ތާނގައި އެހެން ކުއްޖަކު ކިޔެވިޔަވެސް ނުދެނީއެވެ. '' ނުމެ ދާނަމެވެ. ނުމެ ކާނަމެވެ'' އެހެންނުންތޯއެވެ

7 comments:

Anonymous said...

varah rangalhu vaahaka eh. school ge teacher in agu vahtaalee hama beleniverin. dharin kurimathee gai teacher naa zuvaabu kurumuge natheeja manadhoo e fennaneee. dharin kuraa kuh gaboool nukoh, dharin nah hiyvaru dhinumuge natheeeja, manadhoo ge beleniverin miah vure tharah gee bayakah vaan vee

Anonymous said...

manadhooge darieh

mikahala ripot tah liyanvee meevarah ragalukameh rasuge ekitantanuga mikahal liuntah bahatanvee manadooge konmedariaku ves balanvee rasah konmeves kameh kodeveyto aee mageyripoteh liyegenvias ragalu hiyaaleh faalukohgen vias kon me meehakah ves ameeheh gevaru kureyey kantah hun naane ahenvee ma konmeves kameh kureveyto balamaa higaa

Anonymous said...

alif seenu ey vedhaane ali shifaaz kamah ves(gafooru beyge)

Anonymous said...

ލިޔާމީހާ މުހިންމެއް ނޫނެވެ. ލިޔެފައިވާ އެއްޗަކާމެދު ވިސްނާލާށެވެ. ކުދިންގެ އަޚްލާޤު ގޯސްވާތީ އެކަމާ ލިޔުންތެރިޔާ ކަންބޮޑުވެއެވެ. އަދި ކުރިން މިފަދަ މައްސަލަތަކުގައި ސްކޫލުން އަޅާފައިހުރި ފިޔަވަޅުތަކަށް ލިޔުންތެރިޔާ ވަރަށް ތާއީދު ކޮށްފައި ވެއެވެ. ލިޔުންތެރިޔާއެވެ. ތިބާ އަދި ތަންކޮޅެއް ޅައީއެވެ. މިޒަމާނަކީ އެޒަމާނެއް ނޫނެވެ. ދިވެހިރާއްޖެ ތަރައްޤީ ވަމުން މިއަންނަނީ ހީވެސް ނުކުރާހާ އަވަހަށެވެ. ޒަމާން ބަދަލުވަނީ ވަރަށް އަވަހަށެވެ. މިހާރު އެފަދަ ކުއްޖަކާ ދިމާލަށް ޓީޗަރަކު އެއްޗެއް ބުނުމުން ކުއްޖާ ކިޔަމަނެއް ނުވާނެއެވެ. އޭގެ ބަދަލުގައި ޓީޗަރުގެ އަގުވެއްޓުމާއި، ނުވިތާކަށް ޓީޗަރުގައިގާ ތަޅައިގަތުންވެސް ފަހަކަށް ނުދާނެއެވެ. ލިޔުންތެރިޔާއަށް އެނގޭހެއްޔެވެ. ކުއްޖާ ދުނިޔެއަށް ފޮނުއްވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަސާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ. ޓީޗަރުންނެއް ނޫނެވެ. ކުދިން އިޞްލާޙު ކުރަންޖެހޭނީ އެކުދިންގެ މައިންބަފައިންނެވެ. ޝުކުރަން

Anonymous said...

liyun theriyaa liyumuga kureegai school in kanthah kurigothah mihaaru adhabu dheyshekey bunefa eh neh. liyun theriyaa bunefaivanee, eyrukanthah thah kuri gothun kudhinge ahlaagu rangalhu vaahaka.alifu seenu ge dhen anna liyumehgai mikan hallu kuraane gotheh bunedheyne kamah heeekuran

Anonymous said...

އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަސާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ. ހިޔާލުފާލުކުރެއްވި ބޭފުޅާ މިކަން ވަރަށް ހަނިކޮށްލައިފަ ވާކަމަށް ފާހަގަކުރެވެ. ޓީޗަރުންގެ ރޯލު މިކަމުގައި މައިންބަފައނަށްވުރެ ވަކިކުޑައެއްނޫން. އެކުދިން ސްކޫލުގައި ހޭދަކުރާ ވަގުތު މައިން ބަފައިން ނުރުހޭ ކިތައްކަންތައްތޯ ޓީޗަރުން ކުރުވަނީ. މީގެ ނަތީޖާ މަނަދޫ އިން މިހާޜުމިފެނަންނީ.

Anonymous said...

Mi mazumoonakee varah iburathun furigenvaa mazumooneh, Alifuseenu eiee Abdhulla Saeed kamahves nuvedhaane, faharugai eieee '' Ali Shiza' kamahves vedhaane noonee'' Ali Shareef (Dhonkalo/ Raiyfusge lamahves vedhaane..
Mi mazumoonugai ali alhuvaalaafai evanee manadhooge boduvamun anna zuvaan jeeluge main bafainah varah gina iburaiy thakeh lihbaidhey gothakah.
Manadhoo Ibrahim Haaroon ge '' Mutheegain ehdhuvahaku dhiyahikan thibaa school kudhibayaku dhamaa halaafa schoolah gengosgen adhabudhin hanadhaan alhuganduves ebahuri. Mihaaru meehun ihuthiraam nukuriyas eyruge schoolge emme is ekakukamugaivaa Landhoo Amir eiee kudhin varah birugannna varah ihuthiraam kuri meeheh. eyraku kudhinakah nukereyne, meenungadiyaku boalha kulhefa, beynungadiyaku moodhah erifa, beynungadiyaku keyolhukamudhaakah.
Mihaaru meehakah nubeliyas Manadhoo Iramaage Abdhu Wahhaab Abdhul Gadir akeeves kudhi ihthiraamkuri, kudhinge tharubiyyathah nuhanu bura massakatheh kohdhehme aguhuri usthaazeh, Mifadha meehunge massakathun mihaaru manadhoogai nagaakiyaa jeelu salaamathun miotheeves.
Nikan visnavaa! Manadhoon mihaaru mifenne Schoolah dhaa umuruge kudhinakee evves ahulaageh hurikudhinehnoon, eulhenee beynungothakah, mikamugai sababuthakehves ebaoiy,furathama kamakee Maibafaige ihumaalu, emeehunge heyluntherikan kudavun, thaulheemkaa nulaa Zamaanaa eggothah dharin tharahgeekuruvun, misaalaka, agubodu feyraan laafai molhu faivaanah eruneema nimunee rangalhah HAA, SHAVIYANi, nuvatha A, B, C ves neygey,
Mifadhakudhi ginain eulhenee komes resorteh gaiy dhera vazeefaaehgai, nuvatha dhoanyehgai, ekamaku mimeehunge fenvarakee libey laarikolhun agubodu dhiri ulhumeh ulhun, Misaalaka, BAJAJ pulsar kahala adugadha Saikalu rashah genesgen baarah dhekolhaha dhuhvun, ekamaku mee dhiri ulhumehtha?
Emmenakah Molhakah nukiyeveyne ekamaku, Ahulaagakee kommme meehakahves hoadhidhaane ehcheh, Missalaka balamaa hingaa, Manadhoo RANKOKAA GE' BARABOA AADHANU'' eynaa akee kiyavaigen huri meeheh noon ekamaku ranagalhu ahulaageh huri meehunah ihuthiraamkuraa meehehe,
Manadhooge Mi Jeelu Halaaku Ko,lumugai Manadhooge Baeh Zuvaanunge Hissaves Ebaiy, Migothun Lhakudhin Govaigen emeehunge umuraa nugulhey massakaiy Singireytakah nuvatha Noodulees Urayakah kuruvaa grpip hadhaigen faadufaaduge nananan kiyaigen rashuthereygai harakaaai therivun, Misaalakah'' BANDU FORCE'' group.
Ehen veema Manadhoogai thandhoru filaafai thibi zuvaanunnaai school gulhigen kudhinaai beleniverinah awareness programeh hinganveeee. mikan mee hama gaimuves aharemenah kurevidhaanekameh.

-MANADHOO HORSE-