Monday, April 7, 2008

އަތޮޅު ޚަބަރު: މުހައްމަދު ނަޝީދު (އަންނި) ނ. އަތޮޅުގައި ކެމްޕެއިން ކުރައްވައިފި




އެމްޑީޕީގެ ޕްރައިމަރީޒްގައި ވާދަކުރައްވާ މުޙައްމަދު ނަޝީދު (އަންނި) ނ. އަތޮޅުގެ ބައެއް ރަށްރަށުގައި ކެމްޕެއިން ކުރައްވައިފިއެވެ. މިދަތުރުފުޅުގައި މާފަރު، ލަންދޫ، ވެލިދޫ، މިލަދޫ އަދި ކުޑަފަރީއަށް ޒިޔާރަތް ކުރެއްވިކަމަށް ޚަބަރު ލިބިފައިވެއެވެ. މުޙައްމަދު ނަޝީދުގެ މިދަތުރުފުޅުގައި އެރަށްރަށުގައި ތިއްބެވި އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވައި ޚިޔާލުބަދަލުކޮށް ލައްވާފައިވެއެވެ. ނ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ނ. އަތޮޅުގައި މިހާރު އެމްޑީޕީއަށް ތާއީދުކުރާ މީހުންގެ ޢަދަދު އިތުރުވަމުން އަންނަ ކަމަށާއި އަދި އިސްލާހަށް ލޯބިކުރާ ގިނަ ރައްޔިތުންތަކެއް ނ. އަތޮޅުގައި މިހާރު އެބަ ތިއްބެވި ކަމަށެވެ

4 comments:

Anonymous said...
This comment has been removed by a blog administrator.
Anonymous said...

I hope admin need to take care of bias comments like dis, if you want to maintain the reputation of dis blog and in future ur site- jst a thought

Anonymous said...

Emmefurathama mi hibarah libunu comment removekuri sababeh neygey, Manadhoo Live team ah bunelan othee hadihuthuru roa avaguraana fiyavaa kiyuntherin dhevaa comment remove nukurahvaashey.

Anni noonu atholhah mikuri dhathurakee vrahves beynutheri dhathureh, siyaasee maahalu halabolivefaavaa midhuvasvaru rayyithunah egen ebajehey hagga insaaf, rangalhu seedhamagu, eggothakahves rayyithun nidhavaafa baithibaigen nuvaane, minivankamaaeku emeehege visnun hurigothakah hiyaalu faalhukurevi, raajeyge siyaasee maahalah faadukiyenvaane. raajeyge rayyithunahtakai anni ufulavamun thiyagendhavaa burayah kolhunehkolhah shukuruverivan, thiyaee raayithunge haggugai jihaadhu kuraa kerey dhivehi dhariyeh, thiya beyfulhaaah raajeyge verikan dhey raayithun jehilunvaanvee eves sabababeh neiy.
-MANADHOO HORSE-

Anonymous said...

އެމް.ޑީ.ޕީ އަކަސް ޑީ އާރުޕީ އަކަސް ދިވެހި ދަރިންނެވެ.ހިޔާލަކީ ތަފާތު އެއްޗެކެވެ.އަންނިގެ ހިޔާލާ ނުވަތަ ޑީއާރުޕީގެ ހިޔާލާ ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. އެބޭފުޅާ ވިދާޅުވާ ވާހަކަވެސް ކަނުލާ އަޑުއަހައި ވިސްނާ ފިކުރުކުރުން ބުއްދިވެރިއެވެ.އަޅުގަނޑުމެންނަށް ރަނގަޅު ގޮތް ހޯދޭނީ ނުވަތާ ހޯދާނީ ކިހިނެއްތޯ ވިސްނުން އެއީ އަޅުގަނޑުމެންގެ ޒިންމާއެކެވެ.ވަކި ބަޔަކު ބުނާގޮތް، ނުވަތަ އާއިލާ މީހުންގެ ނުފޫޒް އޮވެގެން އެބޭފުޅެއްގެ އައްމިއްލަ ނިންމުން ހިތާދެކޮޅައް ނަވަވެސް ނިންމުމުގެ ބަދަލުގައި އަމިއްލަ ވިސްނުމުން ގޮތް ނިންމަވާށެވެ.ތިމާގެ ކަންތައްތަކާއިމެދު ވިސްނާނީ ތިމާ އަމިއްލައަށެވެ.އަދި އެހެންމީހުންގެ ހިޔާލަށް އިހްތިރާމް ކުރަންވާނެވެ.މިކަމުގައި ވަކި ޕާޓީއެއް އިސްތިސްނާ އެއް ނުވެއެވެ. އަބުދު