Tuesday, April 1, 2008

އަތޮޅު ޚާއްޞަ ޚަބަރު: ނ. އަތޮޅުގައި ހަ ތަރީގެ ރިޒޯޓެއް ތަރައްޤީ ކުރުމަށް އެމްޓީޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި



ނ. އަތޮޅުގައި ރިޒޯޓެއް ތަރައްޤީކުރުމަށް ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގައި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ރިޓްޒް ކާލްޓޮންއާއެކު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްޑީސީޑީން ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ ދަށުން ރިޒޯޓެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީޑީގެ ރަށެއްކަމުގައިވާ ނ. އަތޮޅުގެ އެކުޅިވަރެވެ. 2010 ވަނަ އަހަރަށް ނިންމަން ހަމަޖެހިފައިވާ މިރިޒޯޓަކީ ހަތަރީގެ ރިޒޯޓެކެވެ. މިއީ އެމްޓީޑީސީގެ 20 ޕަސަންޓް ހިއްސާ އަދި ރިޓްޒް ކާލްޓޮންގެ 80 ޕަސަންޓް ހިއްސާގެ ރިޒޯޓެކެވެ. ރިޓްޒް ކާލްޓޮންއިން ސަތޭކަ ފަނަރަ މިލިޔަން ޑޮލަރު އިންވެސްޓް ކޮށްގެން ތަރައްޤީކުރާ މިރިޒޯޓްގައި ސަތޭކަ އައްޑިހަ އެނދު ހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރޭ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސް ވުމުގައި އެޓީސީޑީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސޯލިހެވެ. އަދި ރިޓްޒް ކާލްޓޮންގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޕްރެޒިޑެންޓް އޮފް ހޮޓެލް ޑިވެލޮޕްމެންޓް އޮފް އޭޝިޔާ ޕެސިފިކް ޝޯން ހިލްއެވެ. ހަތަރީގެ މިރިޒޯޓުގެ ސަބަބުން ނ. އަތޮޅު ތައްރައްޤީގެ އާއުސްމިންތަކަށް ވާސިލުވުމަށް މަގުފަހި ވެގެންދާނެ ކަމަށް ބެލެވެއެވެ

4 comments:

Anonymous said...

www.manadhoohotnews.blogspot.com

Anonymous said...

ނ. އަތޮޅުގައި ހުރިރަށްތައް ބިލިއަންޑޮލަރަށް ވިއްކިކަމުގައިވިޔަސް ނ.އަތޮޅުގެ ރައްޔަތުންނަށް ކުރާނެ ފައިދާއެއް ނެތެވެ. މީގެން އެއްވެސް ރަށަކުން ލިބޭލާރިން ނޫނުއަތޮޅުގެ ރަށްރަށުގެ ތަރަށްޤީއަށް ކުރަންރާވާފައި ހުރި ޕްރޮޖެކްޓެއްނެތެވެ. އަދި ހުރިހާޕްރޮޖެކްޓެއްވެސް ކުރިއަށް ނުގެނދެވިފައި ހުރީ ބޭރުގެ އެހީ ހަމަނުޖެހިގެން ކަމުގައި މަޢުރޫފް ޖަމީލް މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ. ދެން ލަލަ ލާ ........

Anonymous said...

www.manadhoohotnews.blogspot.com

ey mi site ah hurihaa manadhoo kudin vanachey vara fakaa site eh ehheheheheh lallalall

Anonymous said...

Noonu Atholhu gai resort thakeh hedhumakee atholhah faidhaa kuraanekameh, komehen Atholhu Bajetah faisaathakeh nuvanas, mikamuge faidhaa kuraanee nuseedhaa goiygothu, Mihaaru mi oiy sarukaarakee Marukazee sarukaareh, iraadha kureh viyya AA Gaanoonu Assaaee faasveema, AA Raeesaku anna dhuvahakun Raajeyge Hingun Laa Marukazee Usoolun Hinganfesheema, Thirahrashuge Kulhives Vannaanee Sarahadhee sarukaaruthakah, Migoiy Rangalhehnundhoo Hurihaa Beyfulhunahves, Dhen Bunelan Othee...
Resort thah Hulhuven vaairah Hotel school inaa thanthanun rashaai atholhuge zuvaanunn kiyavaigen erisort thakah Addu meehun gadha nukuranee, avahah ananveeey, eyrun mibeynunvaa hageegee faidhaa fennnaane,
Noonu atholhuge Kithah dhoani erahrashun kuyyah hifaane, Kirijjeyaa, Kithah kudhinah vazeefa libeyne, Noonu atholhuge Kithah rashah Island Hoppin Ah er resort thakuge gestun dhaane, Mihunanee hathahaa fadha dho..
Avahah balanvee atholhumeehun Mirahrashah gadhakureveythi, manadhookudhives,Mirahrashun vazeefa hoadhanvee, rah hadhan veshumaa ekon, eyrun rah hulhuvanvaairah hunaanee ragalhu magam akah aadhevifa, eyrun fazeefaage kuri erunves libeyne...
Hurihaa zuvaanunves mikamaa ulhenvee, ehgothakahves faruvaa kudakohgen nuvaane, ranbis alhaa kukulhu miohgen atholhugaives haalihadhaneee, emme ranbihehves athujeheytho balanvaane mifaharu.
-MANADHOO HORSE-