Tuesday, February 26, 2008

މިއަހަރު އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރާ ރަށަކަށް މަނަދޫ ހޮވިއްޖެ








އަތޮޅު ފެންވަރުގައި މިއަހަރު ޤައުމީ ދުވަސް ފާހަގަ ކުރާ ރަށަކަށް މަނަދޫ ހޮވިއްޖެއެވެ. ނ.އަތޮޅު ކުރިއަރުވާ ކޮމެޓީން މި ފުރުސަތު މަނަދޫއަށް ދިނީ އަތޮޅު ކޮމެޓީން 20 ހާސް ރުފިޔާ އެކަމަށް ޚަރަދުކުރަން ނިންމާފައެވެ. މިފައިސާގެ އިތުރުން މިދުވަހަށް މަނަދޫއަށް އަންނަ ޢިއްޒަތްތެރިންގެ ކެޔުމާއި ތިބުމުގެ ޚަރަދު ކުރާނީ އަތޮޅު ކޮމެޓީން ކަމަށް ޚަބަރު ލިބިފައިވެއެވެ. މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަ ކުރަން މަނަދޫ ހޮވުނީ އެކަމަށް އެދި މަނަދޫ ރަށްކުރިއަރުވާ ކޮމެޓީން ހުށަހެޅި ޕްރޮޕޯޒަލަކަށް ފަހުގައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ނ. އަތޮޅުގެ އެހެން ރަށަކުން ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަ ކުރާކަށް ހުށަހަޅާފައެއް ނުވެއެވެ. މަނދޫގެ ވެރިންނާއި ރަށްކުރިއަރުވާ ކޮމެޓީން ޤައުމީ ދުވަސް މަނަދޫގައި އަތޮޅު ފެންވަރުގައި ފާހަގަކުރަން ނިންމި ނިންމުމަށް މަރުޙަބާ އެވެ.

1 comment:

Anonymous said...

ތިޔަ ޚަބަރު ލިބުމުން އަޅުގަނޑުމެން މިތިބީ ވަރަށް އުފާވެފައި. އެދުވަހަށް ރަށަށް ދެވޭތޯ މިބަލަނީ. އިރާދަކުރެއްވިއްޔާ