މަނަދޫ ހުޅަނގު އަވަށުގައި ކުޑަކުދިން ކުޅެން ހަދާފައިވާ ޕާކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިގެން މިއަދު ކުރިއަށް އެބަދެއެވެ. ހުޅަނގު އަވަށު ޒުވާ
ނުންތަކެއް އިސްނަގައިގެން ކުރަމުންމިދާ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވަނީ އިރަމާގޭ ޢަބްދުއްރަޝީދާއި ދޮންވެލި ޔޫސުފް އިބްރާހީމެވެ. ޕާކް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ޕާކުގައިހުރި ބުރުތައް އަލުންރޭނުމާއި ސިމެންތި ޖެހުމާއި ތަށިމުށި ޖެހުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޕާކް މަރާމާތު ކުރުމުގެ މަސައްކަތަށް އެދެވޭ ތަރުހީބެއް ހުޅަނގުމަތީ އަވަށުން ލިބެމުންދާކަމަށް ޢަބްދުއްރަޝީދު ބުނުއްވައެވެ. މަނަދޫގެ ތަރައްޤީއަށް ކުރެވޭ މިފަދަ މަސައްކަތްތަކަށް މިބްލޮގުން މަރުޙަބާ ކިޔާ ސާބަސް ދެމެވެ





No comments:
Post a Comment