Showing posts with label politics. Show all posts
Showing posts with label politics. Show all posts

Wednesday, March 12, 2008

އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް މަނަދޫ ގައި ކެމްޕޭން ކޮށްފި


މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ ( އައިޑީޕީ ) ގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް ޢުމަރު ނަޞީރަށް ތާޢީދު ހޯދުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދޫއަށް ވަޑައިގެން ކެމްޕޭން ކުރައްވައިފިއެވެ. އެގޮތުން ތޮއްޕާއި ޓީޝާޓް ބަހާ، ޕޯސްޓަރު ހިތްޕާފައިވެއެވެ. އަދި ޢުމަރު ނަޞީރުގެ މެނިފެސްޓޯ މަނަދޫގެ ބައެއް ގޭގެއަށާއި މީހުންނަށް ބަހާފައިވެސްވެއެވެ. އެއްވެސް ސިފައެއްގައި ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. އުމަރު ނަޞީރު މަނަދޫއަށް ވަޑައިގެން ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިއަދު އައި ލޯންޗުން ފުރާވަޑައިގެންފިއެވެ. މަނަދޫގައި އައިޑީޕީގެ ގޮއްޕެއް އަދި ފޯކަލް ޕޮއިންޓެއްވެސް ނުހުރެއެވެ