ރާއްޖެ އިސްލާމްވި ދުވަހުގެ މުނާޞަބަތުގައި ނ. އަތޮޅު މަދަރުސާއިން ދީނީ ނަސޭޙަތް ދެއްވުމުގެ ޕްރޮގްރާމެއް ހިންގަވާގޮތަށް ނިންމަވައިފިއެވެ. އެގޮތުން މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 7 އޭޕްރީލް 2008 ދުވަހުގެރޭ (މިރޭ) 9:00 ގައި ގްރޭޑް 8 ން މަތީގެ ކްލާސްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންގެ އިތުރުން އަޑުއެއްސެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ. އަދި 8 އޭޕްރީލް 2008 ދުވަހުގެ ހެދުނު 9:00 ގައި ދީނީ ނަސޭޙަތް ދެއްވާނީ ގްރޭޑް 7 ން ދަށުގެ ކްލާސްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކަމަށް އަތޮޅު މަދަރުސާއިން މަޢުލޫމާތު ދެއްވައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މުނާޞަބަތުގައި ބޭއްވޭ ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމްގައި މަނަދޫގެ ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަތުމަކީ އަތޮޅުމަދަރުސާގެ ވަރަށްބޮޑު އެދުމެކެވެ
Showing posts with label Noon Atoll School. Show all posts
Showing posts with label Noon Atoll School. Show all posts
Monday, April 7, 2008
Tuesday, March 11, 2008
ދެވަނަ ފުރުސަތެއްގެ ނަމުގައި ނ. އަތޮޅު މަދަރުސާއިން ބެލެނިވެރިންނަށް ކްލާސްތަކެއް މިރޭ ފަށަނީ

ދެވަނަ ފުރުސަތެއް ގެ ނަމުގައި ނ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ކިޔަވައި ދިނުމުގެ ޕްރޮގްރާމެއް ނ. އަތޮޅު މަދަރުސާއިން ފައްޓަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މި ޕްރޮގްރާމް މިރޭ ( 11 މާޗް 2008 ) ގައި ފެށޭނެ ކަމަށް ޚަބަރު ލިބިއްޖެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޖުމުލަ 30 ބެލެނިވެރިއަކު ފޯމު ނަންގަވާފައިވެއެވެ. އެކަމަކު އަނބުރާ ފޯމް ހުށަހެޅުއްވީ 13 ބެލެނިވެރިން ކަމަށް ޚަބަރު ލިބިފައިވެއެވެ. މި ޕްރޮގްރާމުގެ ސަބަބުން މަނަދޫގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ، ބެލެނިވެރިންގެ ތަޢުލީމީ ފެންވަރު މަތިވެގެންދާނެ މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ
Subscribe to:
Posts (Atom)
