Showing posts with label Editorial. Show all posts
Showing posts with label Editorial. Show all posts

Friday, March 14, 2008

ކިޔުންތެރިންގެ ސަމާލުކަމަށް
--------------------------
މަނަދޫ ލައިވް އަށް ގިނަ އަދަދެއްގެ މަގޭ ރިޕޯޓް މިހާރުވެސް ލިބިފައި އެބަހުއްޓެވެ. މިރިޕޯޓްތައް ލިބެމުންދާ ތަރުތީބުން ޖަހަމުންދާނަމެވެ. ބައެއް ރިޕޯޓްތައް ލެޓިނުން ލިބިފައި ހުންނާތީ ރިޕޯޓްތައް ނުޖެހި ލަސްވާގޮތް އެބަދިމާވެއެވެ. ލެޓިނުން ޖަހަން ބޭނުންވާ ބޭފުޅެއްނަމަ އެކަން އަންގަވާލަދެއްވުން އެދެމެވެ. ދިވެހިން ލިޔަން ބޭނުންވާ ފަރާތްތަކުން އެމްވީ ފޮންޓެއްގައި ލިޔުއްވާލަދެއްވިއްޔާ ވަރަށް ރަނގަޅެވެ. މިއީ ތިޔަބޭފުޅުންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. މި ބްލޮގުގައި އެއްވެސް މީހެއްގެ ޒާތަށް އަދި އެއްވެސް މީހެއްގެ އަބުރަށް ހުތުރުވާ ގޮތަށް އެއްވެސް ލިޔުމެއް ނުޖެހޭނެއެވެ. ކޮމެންޓް ކުރައްވާ ބޭފުޅުންނަށް މިހާރު އޮތް މިނިވަން ކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިތްޕެވުމަކީ އަޅުގަނޑުގެ އެދުމެކެވެ. ލިޔުން ފޮނުވާ ފަރާތްތަކުން އަޅުގަނޑުމެންގެ ސްލޫކީ މިންގަނޑު ހިފެހެއްޓެވުން އެދެމެވެ. އަދި މިހާރު ލިބެމުންދާ މަގޭ ރިޕޯޓްތައް ތަންކޮޅެއް ދިގުކަން ފާހަގަކުރެވެއެވެ. މިވީ ކުރު މުއްދަތުގެ ތެރޭގައި ކިޔުންތެރިންގެ ފަރާތުން އެމްއެލްއަށް ލިބެމުންދާ ތަރުހީބަށް ފަށްފަށުން ޝުކުރުދަންނަވަމެވެ. އެޑިޓަރ